ބުލީ ކުރުން ނުވަތަ ގަނާ ކުރުމަކީ ރާއްޖޭގައި އެތައް ޖީލެއް މާޒީވެގެން ދިޔައިރުވެސް ހައްލު ނުހޯދި އޮތް ބޮޑު މައްސަލައެކެވެ. ގަނާ ކުރުން ހުއްޓުވުމާ ދެކޮޅަށް އެންމެ ބާރަށް ވަކާލާތު ކުރަމުންދަނީ، އެންމެ ގަދައަށް ބުލީ ކުރާ ދަރިވަރުންނާއި ބެލެނެވެރިންކަން މިއަދު މިދަނީ ހާމަވަމުންނެވެ. ވަކިން ހާއްސަކޮށް ގަނާއާ ދެކޮޅަށް އެންމެ ގަދަޔަށް އަޑުއުފުލަމުން ދިޔަ ސިޔާސީ ލީޑަރުންނާއި އެކްޓިވިސްޓުން ތިބީ މި ސަފުގެ އެންމެ ކުރީގައެވެ. ކުޑަކުދިންނަކީ މާދަމާ ޤައުމުގެ މުސްތަޤުބަލަށްވެފައި އެކުދިން މިފަދަ މާހައުލުތަކަށް ނެރެނީވެސް ގޭތެރެއިންކަން ފާހަގަކުރެއެވެ. ސްކޫލް ދައުރުގައި ކިޔެވުމަށް ދަށްވެއްޖެ ނަމަ އެ ކުއްޖަކަށް ހިތްވަރު ދިނުމުގެ ބަދަލުގައި އެކުއްޖަކަށް ނަފްސާނީ އަނިޔާ ގޭތެރެއިން ލިބިގެންދާތަން ފެނެއެވެ. ހަމަ…